ސިދާތް އާއި ކިއަރާ ގުޅުން ނިމުމަކަށް ގެނައުމުން އެންމެން ރޮނީ!

ބޮލީވުޑްގެ ލޯބި ދެ ޖޯޑު ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ލޯބީގެ ގުޅުން ނިނުމަކަށް ގެނައުމުން އެންމެން ހިތާމަ ފާޅު ކުރަމުން އެބަދެ އެވެ. ދެ ތަރިން ރުޅިވިކަން ރަސްމީކޮށް ހާމައެއް ނުކުރެ އ...

25 Apr 2022 | 05:33

ބޮލީވުޑްގެ ލޯބި ދެ ޖޯޑު ކަމަށްވާ ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ލޯބީގެ ގުޅުން ނިނުމަކަށް ގެނައުމުން އެންމެން ހިތާމަ ފާޅު ކުރަމުން އެބަދެ އެވެ.

ދެ ތަރިން ރުޅިވިކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެކަމަކު އިންސްޓަގްރާމް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓުތަކަކާއި ގާތް މީހުންގެ ފަރާތުން އެނގުނު ގޮތުގައި ދެމީހުންގެ ގުޅުން ވަނީ ނިންމާލާފަ އެވެ.

އެފަދަ ކަމެއް އުޅޭކަން ދޭހަވާގޮތަށް ސިދާތް ކޮށްފައިވާ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ދުވާލު އިރުގެ ދޯދިތައް ނުލިބޭނަމަ އެއީ ރޭގަނޑު ކަމަށެވެ. އެކަމަކު ޕޯސްޓާއި އެދެމީހުން ވަކިވުމާއި ސަޕޯޓަރުން ގުޅުވާ ސަބަބެއް ނޭނގެ އެވެ.

ދެމީހުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނައިން އެކުގައި އުޅޭތަން ފެނިފައިވާއިރު ދެމީހުންގެ ގެއަށްވެސް ދެ އެވެ. އެކަމަކު ސިދާތާއި ކިއަރާވެސް އެ ގުޅުމާއި މެދު އެއްޗެއް ބުނެ ނުވަތަ ދެކޮޅު ހަދާފައެއްވެސް ނުވެ އެވެ.

ދެމީހުން ވަކިވި ހަބަރާއި އެކު ސަޕޯޓަރުން ދަނީ އެއީ ދެކެން އެންމެ ބޭނުން ނުވާ ދުވަސް ކަމަށް ބުނަމުންނެވެ. އަދި ސިދާތާއި ކިއަރަކީ ބޮލީވުޑްގައި އެންމެ ގުޅޭ ދެ ޖޯޑު ކަމަށް ބުނެފައިވެ އެވެ.

ސިދަތް ބުނާ ގޮތުގައި ކިއަރާ އަކީ ފިލްމީ މަސައްކަތްތަކާއި ދުރުގައި އުޅޭއިރު ވަރަށް ކޫލްކޮށް އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ މީހެކެވެ. އޭނާ ކިއަރާ އާއި އެންމެ ގަޔާވާ ސިފައަކީވެސް އެއީ ކަމަށާއި ދެމީހުން އެކުގައި އާންމު ތަންތަނުގައި އުޅެން ވަރަށް ފަސޭހަ ކަމަށް ސިދާތް ބުނެފައިވެ އެވެ.

އެހާ ލޯބިން އުޅުނު ދެމީހުން ވަކިވާން ޖެހުނު ސަބަބު އަދި ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ ކުރިންވެސް ބޮލީވުޑްގައި މިގޮތަށް ލޯބިން އުޅުނު އެތައް ތަރިންނެއް ވަކިވެފައިވެ އެވެ.

އޭގެ ތެރޭގައި ސަލްމާން ހާނާއި އައިޝްވާރްޔާ ރާއީ، ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން، ކާރްތިކް އާރްޔާން އާއި ސާރާ އަލީ ހާން ހިމެނެ އެވެ. އަދި ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރުގެ އިތުރުން ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ އަކީވެސް ބޮލީވުޑްގައި މީގެ ކުރިން ފާހަގަކޮށްލެވުނު ލޯބީގެ ޖޯޑު ތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް