ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލަ، ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ގާނޫނު ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 އޮކްޓޯބަރު 09 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ އިސް މެޖިސްޓްރޭޓް ލީނާގެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެގޮތަށް ނިންމީ މިމަހުގެ 17 ވަނަ ދުވަހު އެވެ.
އިސްމެޖިސްޓްރޭޓް ލީނާ އާއި ގުޅޭގޮތުން ޖޭއެސްސީން ތަހުގީގު ކުރީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
އެކަމަކު އާންމުކޮށް ތަހުގީގު ކުރާ ސުލޫކީ މައްސަލަތަކުގެ ތަފްސީލް އެ ކޮމިޝަނުން ހާމަ ކުރެ އެވެ.
ލީނާ އެ މަގާމަށް އައްޔަން ކުރީ2017 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް