ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ފެނުގެ މަސައްކަތަށް ބޭނުންވާ މެޓީރިއަލްސް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަަމަށް އެމްޓީސީސީން ބުނެފިއެވެ.
މީގެ އިތުރުން އެމްޓީސީސީން މިއަދު ބުނީ ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫޢުގެ ދަށުން، ޕާރކިންގ ޝެޑް ހެދުމުގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައިވާ ކަަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 4070 މީޓަރު ދިގު ނަރުދަމާ ވިއުގައެއް ޤާއިމުކުރުމާއި، ނަރުދަމާގެ ޕަމްޕް ސްޓޭޝަނުން 210 މީޓަރުގެ ހޮޅި ގުޅުމާއި، 2 ޕަމްޕް ސްޓޭޝަން ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 20.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް