ހުޅުމާލެ ބީޗް ސަރަހައްދުން ބިޔަރު ދަޅުތަކަކާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ދެ ފިރިހެން ކުދިންނާއި 14 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 20 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ހުޅުމާލެ ފުލުހުން އެމީހުން ހައްޔަރުކޮށްފައިވަނީ ބީޗް ހަޓާދިމާ އަތިރިމަތީ ގަސްތަކެއްގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެރެ އެވެ.
ބިޔަރު ދަޅުތައް ފެނިފައިވަނީ އެމީހުންނާ ސުވާލުކުރަމުންދަނިކޮށް އެތަނުން އެކެއްގެ ފައިދަށުން ބިޔަރު ދަޅެއް ފެނުމާއި ގުޅިގެން އެމީހުން ތިބި ސަރަޙައްދު ބަލައިފާސްކުރުމުގެ ތެރޭގައި އެވެ. އެގޮތުން އެސަރަހައްދު ފަސް ދަޅު ބިޔަރު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް