ބަންދު ކުރެވޭ މަގުތައް އަންގައިދޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކުރަނީ

މާލޭގައި އެކި ބޭނުންތަކަށް ބަންދުކުރާ މަގުތަކުގެ މައުލޫމާތު އަންގައިދޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފި އެވެ. ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އެފަ...

25 Apr 2015 | 07:42

މާލޭގައި އެކި ބޭނުންތަކަށް ބަންދުކުރާ މަގުތަކުގެ މައުލޫމާތު އަންގައިދޭ މޯބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށައިފި އެވެ.

ހައުސިންގ މިނިސްޓްރީން މިހާރު ވަނީ އެފަދަ އެޕްލިކޭޝަނެއް ހައިދޭނެ ބައެއް ހޯދަން އިއުލާން ކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ އެކަން ތައާރަފް ކުރުމަށް ދެން މަގާނީ މަހެއްހާ ދުވަސް ކަމަށެވެ،

މިނިސްޓްރީން ބުނީ އެ އެޕްލިކޭޝަން މެދުވެރިކޮށް ހަމައެކަނި ބަންދު ކުރެވޭ މަގުތައް ދެނެގަނެވުމުގެ އިތުރަށް ގަވައިދާ ހިލާފަށް މަގުތަކުގައި ހުންނަ މުދަލާއި ކުނި ފަދަ ތަކެތި އެނގިގެން ދާނެކަމަށެވެ. އެގޮތުން އެޕްލިކޭޝަން މެދުވެރިކޮށް އެފަދަ ތަކެތީގެ ފޮޓޯ މިނިސްޓްރީއަށް ފޮނުވުމުން އެކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެޕްލިކޭޝަން ހަދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މައުލޫމާތު ދިނުމަށް މިމަހުގެ 29 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައިވެ އެވެ. އަދި އަގު ހުށަހެޅުން އޮންނާނީ މޭ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ހައުސިންގް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް