ގަމު އެކްސިޑެންޓުގައި އަނިޔާވި އެކަކު މާލެ ގެނެސްފި

އިއްޔެ ލ.ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ދެމީހުންގެ ހާލުވެސް ވަރަށް ސީރިއަސް...

25 Apr 2015 | 07:18

އިއްޔެ ލ.ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ދެމީހުންގެ ހާލުވެސް ވަރަށް ސީރިއަސް ކަމަށެވެ. އެ ދެމީހުންގެ ތެރެއިން އެކެއްގެ ފައި ބިނދިފައިވާއިރު ދެމީހުންގެ ބޮލާއި މޫނުމަތި ފަޅައިގެންގޮސް ސީރިއަސް ޒަހަމްތަކެއް ލިބިފައިވެ އެވެ.

މާލެ ގެނެސްފައިވަނީ 19 އަހަރުގެ ޒުވާނެކެވެ. އައިޖީއެމްއެޗުން ބުނީ އޭނާ މާލެ ގެނެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ހޭނާރާ ކަމަށެވެ. އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ދެވަނަ މީހާ މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެ 18:05 ހާއިރު ގަމު ސިނާއީ މަގު މުކުރިމަގު ސަރަހައްދުން ދިޔަ ލޮރީ އަކާއި ސައިކަލެއް ޖެހިގެން ނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލްގައި ތިބި ދެފިރިހެނުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް