މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޖީއެސްޓީ ބަޔާނާއި ޓެކްސް ނުދައްކާ ވިޔަފާރިވެރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ.
ޖީއެސްޓީ ބަޔާނާއި އާއި ޓެކްސް ނުދައްކާ ފަރާތްތައް އާންމު ކުރުމުގެ އުސޫލުގެ ދަށުން މީރާއިން އާންމުކޮށްފައިވަނީ މާލެ، ވިލިނގިލި ހުޅުމާލެ އަދި ޓޫރިސްޓް ރިސޯޓްތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާނާއި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
އެގޮތުން 101 ފަރާތެއްގެ މައުލޫމާތު އާންމުކޮށްފައިވެ އެވެ. އަދި މީގެއިތުރުން ޓޫރިޒަމް ދާއިރާގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ބަޔާނާއި ޓެކްސް ނުދައްކާ 10 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފައިވެ އެވެ.
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަނީ އެފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔާދިނުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް