"މެއި އެކެއްގައި ހިންގާ ހަރަކާތަކީ އައިއެސް ރުއްސަން އިމްރާން ހިންގާ ޓެރަރިސްޓް ހަރަކާތެއް"

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހަރަކާތަކީ، އަމިއްލަ ހިލާފަތެއް ގާއިމުކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓްސް (އައިއެސް) ރުއްސަން އަދާލަތު ޕާޓީ...

25 Apr 2015 | 07:09

އެމްޑީޕީ އާއި އަދާލަތު ޕާޓީ ގުޅިގެން އަންނަ މެއި މަހުގެ އެއް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ހަރަކާތަކީ، އަމިއްލަ ހިލާފަތެއް ގާއިމުކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓްސް (އައިއެސް) ރުއްސަން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހިންގާ ޓެރެރިސްޓް ހަރަކާތެއް ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒް ރަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކެއް މޭގައި ހިންގާ ހަރަކާތަކީ އައިއެސް ރުއްސަން އިމްރާން ހިންގާ ޓެރަރިސްޓް ހަރަކާތެއް ކަމަށާއި އެއީ ދިވެހިންގެ ނަން ހަރާބުކުރަން ކުރާ ކަމެއް ކަމަށެވެ.

https://twitter.com/riyaz_rasheed/status/591701345725349888

މެއި އެއް ވަނަ ދުވަހު ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ގިނަ ބަޔަކު ބައިވެރިވާ ސިޔާސީ ހަރަކާތް ބާއްވާނެ ކަމަށް އަދާލަތު ޕާޓީ އާއި އެމްޑީޕީން ހަމާކޮށްފައިވެއެވެ. އަދި އެ ހަރަކާތުގެ މަގްސަދަކީ ރައީސް ޔާމީން މަޝްވަރާގެ މޭޒުގެ ދޮށަށް ގެނެއުން ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ވަކި ދުވަހެއް ބުނެފައި، މަޝްވަރާއަށް ގެންދަން ނުޖެހޭ ކަމަށާއި، އަދި އެއީ ބަލައިގަނެވޭނެ ކަމެއް ވެސް ނޫން ކަމަށެވެ. އެ ހަރަކާތާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މަގުމަތީގައި އުޅުނަސް ވެރިކަމެއް ނުވެއްޓޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް