މިނިވަން 50ގެ "މޫދު ކުޅިވަރުގެ އީދު" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ރަސްމީގޮތުން ފަށްޓަވައިދެއްވައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ބާއްވާ މޫދު ކުޅިވަރުގެ އެންމެ ބޮޑު ފެސްޓިވަލް ރައީސް ފައްޓަވައިދެއްވީ ޖުމްހޫރީ މައިދާނުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ.
ރޭ ރަސްމީކޮށް މޫދު ކުޅިވަރުގެ އީދު ފެށި ނަމަވެސް އިއްޔެ ހެނދުނު 08:30 ގައި މޫދު ކުޅިވަރުތައް ވަނީ ފަށާފަ އެވެ. އަދި މިއަދު ވެސް އެ ކުޅިވަރުތައް ކުރިޔަށް ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ރޭގެ ރަސްމިއްޔާތުގައި ތަފާތު ހަރަކާތްތަކުގެ އިތުރުން މިއުޒިކް ބޭންޑުތަކުގެ ހުށަހެޅުންތައްވެސް ކުރިޔަށް ގެންގޮސްފައިވެ އެވެ. ރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި އެވެ.
މިނިވަން 50ގެ "މޫދު ކުޅިވަރުގެ އީދު"އަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ރާވައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މީގެ ކުރިން މިނިވަން 50 ފާހަގަ ކުރުމަށް ވަނީ ފެތުމުގެ މުބާރާތަކާއި ބަކަރި ކަތިލުން ކުރިޔަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް