އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗުގައި ފަރުވާދޭންފަށައިފިއެވެ.
ފުލުހުން ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ސީރިއަސް ޒަޚަމްތަކެއް ވެފައި ވަނީ 31 އަހަރުގެ ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ. އަދި އެއީ ދެމަފިރިން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އައިޖީއެމްއެޗުން ބުނީ އެ ދެމީހުންގެ ހާލު ސީރިއަސް ކަމަށާއި އެމީހުންނަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އެމެޖެންސީގައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި ކޮޓަރީގައި ރޯވެފައި ވަނީ އެ ދެ މީހުން ނިދާފައި ތިއްބާއެވެ. އެ ހާދިސާގައި އަލިފާން ރޯވީ ކިހިނެތް ކަމެއް އަދި އެ މީހުން ފިހިފައި ވިޔަސް އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ. އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ ރޭ 11:15 ހާއިރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް