ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަންގެ މަގާމަށް ހަސަން ޒަރީރު

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B އައްޔަންކޮށްފިއެވެ. މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ...

25 Mar 2024 | 17:37

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B އައްޔަންކޮށްފިއެވެ.

މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އެ ބޭންކުން ބުނެއެވެ.

އެ ބޭންކުން އިތުރަށް ބުނެފައިވާގޮތުގައި ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04 ވަނީ އީޖީއެމްގައި އައްޔަންކޮށްފައެވެ.

އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:

  •  މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
  • އަލްފާޟިލާ ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • އަލްފާޟިލް ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
  • އަލްފާޟިލާ ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
  • އަލްފާޟިލް ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަލްފާޟިލާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
  • އަލްފާޟިލް ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
  • އަލްފާޟިލް އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
  • އަލްފާޟިލް އަޙްމަދު މުޙައްމަދު، ގ. އުފާ
  • އަލްފާޟިލް އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް