ރޯދަ މަހު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ވަރަށް ފަސޭހަ ވާނެ: އެޗްޕީއޭ

ބަރަކާތްތެރި ރަމަޟާން މަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ވަރަށް ފަސޭހަ މަހެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ރޯދަ މަހާއި ގުޅިގެން އެޗްޕީއޭއިން ދަނީ މި މާ...

25 Mar 2023 | 16:00

ބަރަކާތްތެރި ރަމަޟާން މަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ވަރަށް ފަސޭހަ މަހެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރޯދަ މަހާއި ގުޅިގެން އެޗްޕީއޭއިން ދަނީ މި މާތް މައްސަރާއި ސިއްހަތާއި ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމު ކުރަމުންނެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ގުޅޭގޮތުން އެ އިދާރާއިން ބުނީ ރޯދައަށް ހުންނަ ގާތްގަނޑަކަށް 15 ގަޑިއިރު އުޅޭނީ ދުންފަތާއި ދުރުގައި ކަމަށެވެ. އޭގެ ތެރެއިން ގިނަ ވަގުތަކީ އަޅުކަމާއި ނިދުމަށް ހޭދަ ކުރާ ވަގުތު ކަން ފާހަގަ ކުރެ އެވެ.

ރޭގަނޑު ހުސްކޮށް ލިބޭ ހުސްވަގުތުކޮޅު ހިތްވަރާއި އެކު ދުންފަތުން ދުރުހެލިވެ ދުންފަތުން ސަލާމަތްވުމަށް ރަމަޟާން މަހަކީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އެ އިދާރާއިން ބުނީ އަޒުމަކަށް ހަދަންވީ މި ރަމަޟާން މަހު ދުންފަތުގެ ނުބައި އާދަ ދޫކޮށްލުމަށް ކަމަށެވެ. އަދި ހިތާއި ފުއްޕާމޭގެ ބަލިތަކުން ދުރުވުމަށް ދުންފަތާއި ދުރުވުން ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ސިނގިރޭޓު، ޝީޝާ ދުންފަތް، ވޭޕް އަދި އީސިނގިރޭޓުގެ ހުރިހާ ބާވަތަކާއި ދުންބުއިމާއި ދުންފަތް ކެއުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް