ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީނެއް

ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް އާސަހަރާގައި ސްކްރީނެއް ބަހައްޓައިފި އެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަށުނަމާދާއި ގުޅޭ މައ...

25 Mar 2023 | 15:32

ދީނީ މައުލޫމާތު ފޯރުކޮށްދިނުމަށް ފުރަތަމަ ފަހަރަށް އާސަހަރާގައި ސްކްރީނެއް ބަހައްޓައިފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަށުނަމާދާއި ގުޅޭ މައުލޫމާތާއި މައްޔިތާގެ މައްޗަށް ކުރެވިދާނެ ދުއާތަކާއި ދީނީ އިރުޝާދު ފޯރުކޮށްދިނުމަށް އާސަހަރާގައި ސްކްރީން ހަރުކޮށްފައި ވާ ކަމަށެވެ.

މި މަސައްކަތަތް ކުރީ އެ ކައުންސިލާއި ނަސޭހަތް ޖަމިއްޔާ ގުޅިގެން ކަމަށް މައުލޫމާތުދެ އެވެ

އަދި ސަހަރާ އާއި މިސްކިތާއި މުޅި ސަހަރާ ކޮމްޕައުންޑް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވި އޭގެ ބައެއް ކަންކަން މި ރޯދަމަހަށް ނިމިފައިވާ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެކަންކަމަށް އެކި ފަރާތްތަކުން ދެއްވާ އެހީތެރިކަމަށް މުޢިއްޒު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް