ތިޔާގިވެ ބާޒާރުގައި މިރުހުގެ އަގުވެސް ދަށް ވެއްޖެ

ބާޒާރުމަތީގައި ރޯދަމަހުގެ ފުރަތަމަ ދުވަހު މިރުހުގެ އަގު 280 އަށް ހުރި އިރު މިއަދު މިރުހުގެ އަގު 250 އަށް ދަށް ވެއްޖެއެވެ. މިއަދު ބާޒާރުގެ ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް ހުރީ 25 ނުވަތަ 15 ރުފިޔ...

25 Mar 2023 | 15:17

ބާޒާރުމަތީގައި ރޯދަމަހުގެ ފުރަތަމަ ދުވަހު މިރުހުގެ އަގު 280 އަށް ހުރި އިރު މިއަދު މިރުހުގެ އަގު 250 އަށް ދަށް ވެއްޖެއެވެ.

މިއަދު ބާޒާރުގެ ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް ހުރީ 25 ނުވަތަ 15 ރުފިޔާއަށެވެ. ކިލޯއެއް 250 އަށްލިބެ އެވެ.

ގޮޅިތަކުގައި ހުރި މިރުހުގެ އަގަށް ބަލާއިރު ލާމު މިރުހުގެ އަގުވެސް އުޅެނީ ކަނޑޫދޫ މިރުހުގެ އަގާ ދާދި އެއްވަރެއްގައި އެވެ.

ބާޒާރުގެ އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާލާއިރު ލުނބޯ ކިލޯއެއް ހުރީ 65 ނުވަތަ 70 ރުފިޔާއަށެވެ.

އަދި ކާށީގެ އަގަށް ބަލާއިރު އެންމެ ކުދި ކާށި 10 ނުވަތަ 12 ރުފިޔާއަށް ލިބޭއިރު ބޮޑެތި ކާށީގެ އަގު އުޅެނީ 15 ނުވަތަ 20 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް