ތޮއްޑޫ ކަރަލާއެކު ބާޒާރުގައި ކަރާގެ އަގު ދަށްވާން ފަށައިފި

ރޯދަމަހުގެ ތިން ދުވަސް ފާއިތު ވަމުންދާއިރު ބާޒާރުގައި ކަބޯތަކެތީގެ އަގަށް ދަނީ ބަދަލު އަންނަމުންނެވެ. މިބަލާލަނީ މިއަދު ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލެވެ. ރޯދަމަ...

25 Mar 2023 | 10:27

ރޯދަމަހުގެ ތިން ދުވަސް ފާއިތު ވަމުންދާއިރު ބާޒާރުގައި ކަބޯތަކެތީގެ އަގަށް ދަނީ ބަދަލު އަންނަމުންނެވެ.

މިބަލާލަނީ މިއަދު ލޯކަލް މާރުކޭޓާއި މަސްމާރުކޭޓުގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރާ ކިލޯއެއް ލިބެން ހުރީ 30 ނުވަތަ 35 ރުފިޔާ އަށެވެ. މިއަދު ބަޒާރުން ކަރާ ކިލޯއެއް 28 ނުވަތަ 25 ރުފިޔާ ލިބެން އެބަހުއްޓެވެ.

އަގަށް ހެޔޮ ބަދަލު އައިސްފައިމިވަނީ ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގިވުމުން ކަމަށް ގޮޅިވެރިން ބުނެއެވެ. އެމީހުން ބުނާގޮތުގައި މިހާރު ގޮޅިތަކުގައި ތޮއްޑޫ ކަރާ ދަނީ ތިޔާގި ވަމުންނެވެ.

ބާޒާރުގެ އެހެން ތަކެތީގެ އަގުތަކަށް ބަލާއިރު ކާށީގެ އަގު އުޅެނީ 20 ނުވަތަ 15 ރުފިޔާއަށެވެ. އަދި ކުދި ކާށީގެ އަގު އުޅެނީ 12 ނުވަތަ 10 ރުފިޔާ އަށެވެ.

މީގެ އިތުރުން ވަޅޯ މަހުގެ އަގު އުޅެނީ ކިލޯއެއް 100 ނުވަތަ 80 ރުފިޔާއަށެވެ.

ގޮޅިވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް