މާހިރާ، އަބަދު ޝާހްރުކަށް ތައުރީފު ކުރަނީ ސިކުނޑީގެ މައްސަލަ ހުންނާތީ!

ޕާކިސްތާނުގެ މަޝްހޫރު ތަރި މާހިރާ ހާން އަބަދު ބޮލީވުޑްގެ ބަތަލް ޝާހްރުކް ހާނަށް ތާއުރީފު ކުރަނީ ސިކުނޑީގެ މައްސަލައެއް ހުންނާތީ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފި އެވެ. މާހިރާ...

25 Mar 2023 | 08:31

ޕާކިސްތާނުގެ މަޝްހޫރު ތަރި މާހިރާ ހާން އަބަދު ބޮލީވުޑްގެ ބަތަލް ޝާހްރުކް ހާނަށް ތާއުރީފު ކުރަނީ ސިކުނޑީގެ މައްސަލައެއް ހުންނާތީ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ބުނެފި އެވެ.

މާހިރާ ވަނީ ބޮލީވުޑްގައި މަސައްކަތް ކުރަން ފެށުމުގެ ގޮތުން ޝާހްރުކް ހާންގެ ފިލްމު "ރައީސް" ގައި 2017 ވަނަ އަހަރު މަސައްކަތް ކޮށްފައި އެވެ. އެ ފިލްމަށް ބޮޑު ކާމިޔާބެއް ލިބި މާހިރާއަށް ގިނަ ފުރުސަތުތަކެއް ބޮލީވުޑުން ލިބެން އޮތް ނަމަވެސް އިންޑިއާ ޕާކިސްތާނުގެ ސިޔާސީ ހަމަނުޖެހުންގަނޑު ތެރެއިން އިންޑިއާގައި ވޯކް ވިސާގައި އުޅުނު ހުރިހާ ޕާކިސްތާނު މީހުން ވަނީ ޑީޕޯޓު ކޮށްލާފައި އެވެ.

އޭގެ ފަހުން މާހިރާ ދޭ އިންޓަވިއުތަކުގައި ޝާހްރުކަށް ތައުރީފު ކުރުމާއި އޭނާގެ އޯގާތެރިކަމާއި ކުލުނާއި ރަނގަޅު ވާހަކަ ދެއްކުމަކީ އާދަ އެވެ. އެކަން އެތައް ފަހަރަކު ނޫސްތަކުގައި ރިޕޯޓު ކޮށްފައި އެވެ.

މިކަމަށް ޖޯކު ޖަހަމުން ދާދި ފަހުން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޑރ. އަފްނާން އުއްލާ ހާން ވިދާޅުވީ އަބަދު ޝާހްރުކަށް ތައުރީފު ކުރަނީ މާހިރާގެ ސިކުނޑީގެ މައްސަލައެއް ހުންނާތީ ކަމަށެވެ. އޭނާ ވިދާޅުވީ މާހިރާ އަބަދު އިންޑިއާ ފިލްމީ ތަރިންނަށް ތައުރީފު ކުރުމުގައި އުޅެނީ އެ ތަރިންގެ އަތުން ފައިސާ ހޯދަން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަފްނާން އާއި މާހިރާ އުޅުނީ ރައްޓެހިވެގެންނެވެ. އަފްނާން މިގޮތަށް ވާހަކަ ދެއްކެވީ މާހިރާ އާއި ދެމީހުންގެ ގުޅުން ނިމުމަކަށް ގެނެސްފައިވާތީ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް