މާލޭގައި ހަވީރު 6-9 އަށް މިސްކިތްތައް ބާރު ބޮޑުވާތީ ބަސް ދަތުރު ނުކުރާނެ

ރޯދަ މަހު މާލޭގައި ހަވީރު 6:00 ން ރޭގަނޑު 9:00 އާއި ހަމައަށް ބަސް ދަތުރުތައް ނުބާއްވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ބަސް ދަތުރުތައް ކުރާނެ ގޮތުގެ ޝ...

25 Mar 2023 | 08:05

ރޯދަ މަހު މާލޭގައި ހަވީރު 6:00 ން ރޭގަނޑު 9:00 އާއި ހަމައަށް ބަސް ދަތުރުތައް ނުބާއްވާނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ވަނީ ރޯދަ މަހު މާލެ ސަރަހައްދުގައި ބަސް ދަތުރުތައް ކުރާނެ ގޮތުގެ ޝެޑިއުލް އާންމު ކޮށްފައި އެވެ. ޝެޑިއުލްގައި ވާގޮތުން މާލޭގައި އެ ވަގުތުތަކުގައި ރޯދަ ވީއްލުމަށް ހިދުމަތް މެދުކަނޑާލަ އެވެ.

މިކަމާއި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅު ކުރުމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރޯދަ ވީއްލާ ގަޑިއާއި އެކު ނުވައެއް ޖަހަންދެން ހިދުމަތް މާލޭގައި މެދުކަނޑާލާފައި އޮންނަ ސަބަބު ހާމަކޮށްދެއްވާފައި އެވެ.

އާޒިމް ވިދާޅުވީ ހާއްސަކޮށް އެ ވަގުތުތަކުގައި މަޖީދީ މަގުން ބަސް ދަތުރުތައް ކުރުމުގެ ހުއްދަ ނޯންނަ ކަމަށެވެ. އެއީ މަޖީދީ މަގުގައި ތިން މިސްކިތެއް ހުންނައިރު އެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރާ ވަގުތު މަގު ތޮއްޖެހޭނެ ތީކަމަށް އާޒިމް ވިދާޅުވިއެވެ.

ރޯދަ މަހު ބަހުގެ ހިދުމަތް ދޭން ފަށަނީ ހެނދުު 6:00 ގައި އެވެ. އަދި ހިދުމަތް އެ ދުވަހަށް ނިންމާލަނީ ރޭގަނޑު 12:15 ގައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް