ބޮޑެތި އިނާމުތަކާއެކު މީޑިއާނެޓުގެ ރޯދަ ހަދިޔާ ޕްރޮމޯޝަން ފަށައިފި އެވެ.
މިކަން ހާމަކޮށް މީޑިއާނެޓުން ބުނީ ކޮންމެ ރަމަޟާން މަހަކަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ "މީޑިއާނެޓް ރޯދަ ހަދިޔާ" ޕްރޮމޯޝަން މިއަހަރުވެސް ފަށައިފި ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 22 މާރޗް އިން 20 އޭޕްރިލް 2023 ގެ ނިޔަލަށް ކަމަށް މީޑިއާ ނެޓުން ހާމަކުރެއެވެ.
މި ޕްރޮމޯޝަންގައި މީޑިއާނެޓުގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައި އެވެ.
އަދި މި ޕްރޮމޯޝަން ގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީޑިއާނެޓުގެ ޚިދުމަތް ޓީވީ އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރޮށް ބޭނުން ކުރަމުންދާ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.
އެގޮތުން ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސަބްސްކްރިޕްޝަން ޕެކޭޖަށް ފައިސާ ދައްކާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން، ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
ހަމަ އެއާއެކު ބޭނުންކުރަމުންދާ ޕެކޭޖަށްވުރެން މަތީ ޕެކޭޖަކަށް އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް، ކޮންމެ ދުވަހަކު 500 ރުފިޔާގެ ގިފްޓް ހެމްޕަރ އެއް ލިބިގެންދާނެއެވެ.
މީޑިއާނެޓުގެ މާރކެޓިންގް އެންޑް ޕީއާރް މެނޭޖަރ ޖައްޔިދާ ބަދްރީ ވިދާޅުވީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މީޑިއާނެޓުގެ އަމާޒަކީ ރަމަޝާން މަހު އާއިލާއާއެކު ހޭދަކުރުމަށްލިބޭ އުފާވެރި ވަގުތުގައި މީޑިއާނެޓުންވެސް ބައިވެރިވުންކަމުގައެވެ.
މިގޮތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާންމަހު މީޑިއާނެޓުގެ ޗެނަލްތަކުން ދީނީ ހޭލުންތެރިކަމާއި މުނިފޫހިފިލުވުމުގެ އެކި ޕްރޮގްރާމްތަކެއް ފެނިގެންދާނެކަމަށާއި، މި ޕްރޮގްރާމްތަށް ގޭބިސީތަކުގައި ޓީވީގެ ޒަރިއްޔާއިން އަދި މީޑިއާނެޓުގެ އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުރެވެސް ބަލާލެވޭނެކަމަށް ޖައްޔިދާ ފާހަގަކުރިއެވެ.
މީޑިއާނެޓުން އަންނަނީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް