ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ މެއި މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މިކަން ހާމަކޮށް އީސީން ބުނީ މެއި 6 ވަނަ ދުވަހު ބެއްވުމަށް ހަމަޖެހިފައި ވަނީ ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަނާއި ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބާއި އދ. ދިއްދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ކަމަށެވެ.
އަދި ރަކީދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިޚާބު ކުރަންޖެހޭއިރު، ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 5 މެމްބަރުން އިންތިޚާބު ކުރަންޖެހޭ ކަމަށް އީސީން ހާމަކުރެއެވެ.
މީގެ އިތުރުން އީސީން ބުނީ ދިއްދޫ ކައުންސިލަށް އެއް ކައުންސިލް މެންބަރަކު އިންތިޚާބު ކުރަންޖެހޭ ކަމަށެވެ.
އީސީން ބުނީ މި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަންނަ އޭޕްރީލް 06 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ކަމަށެވެ.
ހަމައެހެންމެ އީސީން ވަނީ މިއިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 2023 އެޕްރީލް 02 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 02:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް