އުރީދޫން އިންތިޒާމްކޮށްގެން މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ބޮޑު ރޯދަ ވީއްލުމެއް ދޭން ފަށައިފި އެވެ.
އެންމެ ފުރަތަމަ ރޯދަ ވީއްލުން އިއްޔެ ވަނީ ބާއްވާފައި އެވެ. މި ހަރަކާތް ކުރިޔަށް ގެންދަނީ ސަލްމާން މިސްކިތް ގޯތި ތެރޭގައި އެވެ.
"ކޮމިއުނިޓީ އިފްތާރު" ގެ ނަމުގައި ކުރިޔަށް ގެންދާ މި ހަރަކާތަކީ މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ "ހަދިޔާ" ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވައި ދިނުމަށެވެ.
މި ހަރަކާތް އުރީދޫއިން ކުރިޔަށް ގެންދަނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅިގެންނެވެ. އިއްޔެގެ ރޯދަ ވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި އިރު ކާއެއްޗެހި ފޯރުކޮށްދިނީ ލެސޫކް ރެސްޓޯރަންޓުން ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
https://twitter.com/OoredooMaldives/status/1639277289002115074
މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދީފަ އެވެ. އެ ޕެކްތަކުގައި ހިމެނޭނީ ކާބޯތަކެތީގެ ޒަރޫރީ ތަކެއްޗެވެ.
އެއީ އުރީދޫން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް