މާލޭ ގެއެއްގައި ވަޅުލާފައިހުއްޓާ އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގާ ޕީއެންސީގެ ކައުންސިލް މެންބަރު އަހުމަދު ހުސެއިން ހައްޔަރުކޮށްފިއެވެ.
މިއަދު އިރުއޮއްސުނުހާއިރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ މި މައްސަލައިގާ ތުހުމަތު ކުރެވޭ އެންމެ މުހިންމު މީހާ ހައްޔަރުކުރެވިފައިވާކަމަށެވެ.
މިއީ މި މައްސަލައިގާ ހައްޔަރުކުރި ދެވަނަ މީހާއެވެ. ޕީއެންސީގެ ކައުންސިލް މެންބަރު އަހްމަދު ހުސެއިން އަކީ ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާއަށް ކުރިމަތިލެއްވި ކެނޑިޑޭޓެކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަހްމަދު ހުސެއިން ހައްޔަރުކޮށްފައިވަނީ ރެއިން ފެށިގެން ފިލައިގެން އުޅެނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް