ވިޔަފާރިވެރިޔާ އީލޯން މަސްކުގެ ސްޓާލިންކް އިންޓަނެޓުގެ އަގު ކުއްލިއަކަށް ބޮޑުތަނުން ބޮޑުކޮށްލައިފިއެވެ.
އެގޮތުން ސްޓާލިންކުގެ ކަސްޓަމަރުންނަށް ފޮނުވާފައިވާ މެއިލެއްގައި އަގުތަަކަށް ގެނައި ބަދަލު ހާމަކޮށްފައިވެއެވެ
އެގޮތުން އައު ކަސްޓަމަރެއް ނަމަ 710 ޑޮލަރު ދެން ދައްކަން ޖެހޭނެއެވެ. ކުރިން ނަމަ ދައްކަން ޖެހެނީ 600 ޑޮލަރެވެ. މިއީ 110 ޑޮލަރުގެ އުފުލުމެކެވެ.
މީގެ އިތުރުން މަހުން މަހަށް ދައްކަންޖެހޭ ފީގެ އަގުވެސް ވަނީ ބޮޑުކޮށްފައެެވެ. ކުރިން ނަމަ ދައްކަން ޖެހެނީ 99 ޑޮލަރެވެ. ދެން 110 ޑޮލަރު ދައްކަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އީލޯން މަސްކުގެ ކުންފުނިން ބުނެފައިވަނީ މި ބަދަލު ގެންނަން ޖެހުނީ އިންފްލޭޝަން އުފުލެމުން އަންނައިރު ކުރިން ދިން އަގުގައި ދޭނަމަ ގެއްލުންވާނެކަމަށް ބުނެއެވެެ.
މި ބަދަލާއެކު ސަބްސްކްރިޕްޝަން ކެންސަލްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮންނާނެކަމަށް ބުނެފައިވެއެވެ.
މި ބަދަލާއެކު ސްޓާލިންކަށް ފާޑުކިޔުން އަންނަނީ އަމާޒުވަމުންެނެވެ. އެގޮތުން އަދި މާ ގިނަ ދުވަސް ނުވާ ކުންފުންޏަކުން ކުއްލިއަކަށް މިފަދަ ބޮޑު ބަދަލުތަކެއް އަގަށް ގެންނަނަމަ ކަސްޓަމަރުންނަށް އެ ހިދުމަތަކީ ރިޔަލަބަލް ހިދުމަތަކަށް ވުމުގެ ފުރުސަތު ކުޑަކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް