މިއަދު ރިސޯޓެއްގައި ޑރ. ޖަމީލާއެކު ދެކެވުނީ ސިޔާސީ ވާހަކަތަކެއް ނޫން: އުމަރު ނަސީރު

މިއަދު ޝިޔާމް ވޯލްޑް ރިސޯޓްގައި ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކު ކުރިއަށްދިޔައީ ވިޔަފާރީގެ ބައްދަލުވުމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއވެެ. އުމަރު މިހެން ވިދާޅުވީ ރައީސ...

25 Mar 2022 | 16:08

މިއަދު ޝިޔާމް ވޯލްޑް ރިސޯޓްގައި ޑރ. މުހައްމަދު ޖަމީލް އަހުމަދާއެކު ކުރިއަށްދިޔައީ ވިޔަފާރީގެ ބައްދަލުވުމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއވެެ.

އުމަރު މިހެން ވިދާޅުވީ ރައީސް ޔާމީންގެ އެންގުމަށް އުމަރު ޕީޕީއެމަށް ގެންދިއުމަށް ޑރ. ޖަމީލް މިއަދު ރިސޯޓެއްގައި އުމަރާއި ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރެމުން އަންނައިރު އެކަމާއި ގުޅޭގޮތުން ދުވަހުން ސުވާލު ކުރުމުންނެވެ.

އުމަރު ކުރުކޮށް ފޮނިކޮށް ވިދާޅުވީ "އެއީ ވިޔަފާރި ބައްދަލުވުމެއް" ކަމަށެވެ.

އުމަރު ނަސީރު ޕީޕީއެމަށް ގެންދަން ރައީސް ޔާމީން އަންގަވާފައިވާކަމަށް ވާހަކަ ދެކެވޭއިރު އިދިކޮޅު ކޯލީޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީން އަންނަނީ ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިއަދުވެސް މުޒާހަރާއެއް ބާއްވާފައިވާއިރު އުމަރު ނަސީރަކީ މަގުމަތީގެ ހަރަކާތްތަކަށް ފަރިތަ ވަރުގަދަ ސިޔާސީ ބޭފުޅެއް ކަމުގައި ތާރީހު ހެކިދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް