މާލޭގައި ގެއެއްގެ ތެރޭގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުންގެ މި އޮޕަރޭޝަނާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އިއްޔެއްސުރެ ޕޮލިހުން މާލޭގައި ހިންގަމުންދިޔަ އޮޕަރޭޝަނެއްގައި 42 ކިލޯގެ ހިރޮއިން އަތުލައިގެންފައިވާކަމަށެވެ.
މިތަކެތި ހޯދާފައިވަނީ މާފަންނު ގެއެއްގެ ތަޅުންގަނޑުގެ ދަށުގައެވެ.
ސީޕީ ހަމީދު ވިދާޅުވެފައިވަނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކުރެވިފައިވާކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
https://twitter.com/M_Hameedh/status/1507203280262209542
މި ތަކެތި ހޯދާފައިވަނީ މާފަންނުގައި ހުންނަ ފުލުހުންގެ އެފްސީޕީޑީ ކުރިމަތީގައި ހުރި ގެއަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް