ރޭ ވިލިމާލޭ ދަންމާނުގޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގަން ދިމާވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވިފައިވާގޮތުގައި އެ ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުންނެވެ.
ރޭ ދަންވަރު 2:15 ހާއިރު ހިނގި އެ ހާދިސާގައި ދަންމާނުގޭގެ ތިން ފްލޯ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭ ދަންވަރު 3:45 ހާއިރުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް