ރާއްޖޭގައި ފެތުރެމުން އަންނަ އެޗް1އެން1 އިންފްލުއެންޒާއަށް އިތުރު 9 މީހަކު ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭއިން މިކަން ހާމަކޮށްފައިވަނީ އެއް ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުގަ އެވެ.
އެ ތަފާސް ހިސާބަށް ބަލާލާއިރު މި އަހަރުގެ މިހާތަނަށް 501 މީހަކު އެޗް1އެން1 އަށް ޓެސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 185 މީހަކު އެޗް1އެން1އަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައި ވެ އެވެ. އަދި މިހާތަނަށް އެޗް1އެން1ޖެހިގެން ނިޔާވެފައިވާ މީހުންގެ އަދަދަކީ 4 ކަން ވެސް ހާމަކޮށްފައި ވެ އެވެ.
މީގެ އިތުރުން މިވަގުތު އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 31 ކަމަށާއި ފާއިތުވި 48 ގަޑިއިރު ތެރޭގައި، ފަރުވާ ނިމި ދޫކޮށްލާފައިވާ މީހުންގެ އަދަދަކީ 12 ކަމުގައިވެސް އެޗްޕީއޭއިން ހާމަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް