ދިވެހިރާއްޖޭގެ އިމިގްރޭޝަން އަށް ބައިނަލްއަޤްވާމީ ގޮތުން ދޭ އައިއޭއައިއާރ ގެ ދެ އެވޯޑް ލިބިއްޖެ އެވެ.
މިލާން އިޓަލީގައި ރޭ ބޭއްވި މި ހަފްލާގައި މި ދެ އެވޯޑާއި ހަވާލުވެލެއްވީ އިމިގްރޭޝަންގެ ކޮންޓްރޯލާރ ޖެނެރަލް މުހައްމަދު އަންވަރު އަދި ޑެޕއުޓީ ކޮންޓރޯލާރ އަބްދުﷲ އަގީލް އެވެ. އިމިގްރޭޝަނަށް ލިބިފައި ވަނީ އެންމެ އުފެއްދުންތެރި ހައި ސެކިއުރިޓީ އީޕާސްޕޯޓާއި އީގޭޓަށް ލިބވުނު ދެ އެވޯޑެވެ. މި އެވޯޑަކީ ދުނިޔޭގެ އެންމެ ބޮޑެތި ތަޖުރިބާކާރުން އެއްވެގެން ހޮވާ އެވޯޑުތަކެކެވެ.
ރާއްޖޭގެ އީޕާސްޕޯޓަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ޕާސްޕޯޓަކަށްވާއިރު މި ޕާސްޕޯޓު ވަނީ ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ޕާސްޕޯޓަކަށްވެސް ވެފައެވެ. އަދި ރާއްޖޭގެ އީގޭޓަކީ ވެސް ދުނިޔޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ގޭޓަށް ވާއިރު މި ގޭޓަކީ އަމިއްލައަށް ފަތުރުވެރިންގެ ޕާސްޕޯޓު ޗެކުކޮށް އިނގިލީގެ ނިޝާންތަށްވެސް ޗެކުކުރާ ގޭޓޭކެވެ.
މި ގޭޓުތަކާއި ޕާސްޕޯޓުތަށް ހެދުމަށްޓަކައިރާއްޖެއިން ވަނީ ޖަރުމަންގެ ކޮމަޕެނީއެއް ކަމަށްވާ ޑާރމަލޮގް އިހްތިޔާރުކޮށްފައިކަމަށް މި ހަފްލާގައި ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް