ވިލިމާލޭ ދަންމާނު ނަމަކަށް ކިޔާ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގޭގެ ތިން ފްލޯ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފައިވާއިރު އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ކެޕްޓަން އަލީ އާޒިމް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިރޭ 02:19 ހާއިރު ކަމަށާއި އަލިފާން ނިއްވަން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވިފައިވަނީ 3:44 ހާއިރު ކަމަށެވެ. އަދި އެ އިމާރާތައް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމުގައިވެސް އާޒިމް ވިދާޅުވި އެވެ..
މި ހާދިސާއާއި ގުޅިގެން އެގޭގައި ދިރިއުޅޭ މީހުންނާއި އެގެއާއި އިންވެގެން ހުރި ގޭގޭގެ މީހުން ހުސްކޮށްފައިވާއިރު އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ރެޑްކްރެސެންޓް އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް