ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 7:10 ހާއިރު އޮޓޯ ގަރާޖު ކައިރިން ކަމަށެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
ހޮސްޕިޓަލްގައި ހުރި އެހެން ބިދޭސީއަކު ބުނީ ޒަހަމްވެފައިވަނީ ބިދޭސީ މީހާގެ އަތް ކަމަށާއި ބަޔަކު އައިސް އަތުގައި ކަޓަރު އެޅުވީ ކަމަށެވެ.
މިރޭ ބިދޭސީއަކު ޒަހަމްކޮށްލާފައިވާއިރު ރޭގައި ތިން ބިދޭސީއަކަށް ހަމަލަދީ ޒަހަމް ކޮށްލާފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް