ކޯޓު އަމުރެއްގެ ދަށުން، އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދ(ޑރ.ޑީޑީ) މިއަދު ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑރ.ޑީޑީ ހައްޔަރުކުރީ ފުލުހުން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޑރ.ޑީޑީ ހައްޔަރުކުރީ 30 ދުވަހަށް މުޒާހަރާއަށް ނުދާން ކޯޓުން ސަރުތުކޮށްފައިވަނިކޮށް އެ ސަރުތާ ހިލާފު ވުމުންނެވެ. މިދިޔަ މަހުގެ 27 ގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ޑރ.ޑީޑީ ހައްޔަރުކުރި އެވެ. ދޫކޮށްލީ މިމަހު 10 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް