"ރަސްމީ ގަޑިތަކުގައި ސިވިލް ސާވަންޓުންނަށް ސިޔާސީ ހަރަކާތްތަކުގައި ދެން ބައިވެރި ނުވެވޭނެ"

ރަސްމީ ގަޑިތަކުގައި ސިވިލްސާވަންޓުންނަށް ސިޔާސީ އެއްވުންތަކުގައި ބައިވެރި ނުވެވޭގޮތަށް ސިލްވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސިވިލް ސާވިސް ގާނޫނަ...

25 Mar 2015 | 13:27

ރަސްމީ ގަޑިތަކުގައި ސިވިލްސާވަންޓުންނަށް ސިޔާސީ އެއްވުންތަކުގައި ބައިވެރި ނުވެވޭގޮތަށް ސިލްވިލް ސާވިސްގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައިވަނީ ސިޔާސީ ހަރަކާތުގައި ސިޔާސީ ހަރަކާތްތަކުގައި ސިވިލްސާވަންޓުންނަށް ބައިވެރިވެވުނު ނަމަވެސް މަގާމުގެ ހައިސިއްޔަތުން ލިބޭ ބާރެއްގެ ބޭނުންކޮށްގެން ސިޔާސީ ހަރަކާތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި ސިޔާސީ ހަރަކާތުގައި ބައިވެރިވެގެން ނުވާނެ ކަމަށާއި ސިވިލް ސާވަންޓުން ހިދުމަތް ދިނުމުގައި ސިޔާސީ އެއްވެސް ތައައްސުބެއް ގެންގުޅެގެން ނުވާނެ ކަމަށެވެ.

މި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ 40 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް