އިތުރު ތިން ފާމަސީއާއެކު އެސްޓީއޯގެ ފާމަސީތަކުގެ އަދަދު 100 އަށް

އިތުރު ތިން ރަށެއްގއި ފާމަސީ ހުޅުވުމާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 100 އަށް އަރައިފި އެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާ...

25 Mar 2015 | 08:54

އިތުރު ތިން ރަށެއްގއި ފާމަސީ ހުޅުވުމާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު 100 އަށް އަރައިފި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ތިން ފާމަސީ ހުޅުވާފައިވަނީ ނ.ފޮއްދުއާއި ށ.ކަނޑިތީމާއި ޅ. އޮޅުވެލިފުށީގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް