ހައްޔަރުކުރި ނޫސްވެރިޔާގެ ބަންދަށް ފަސް ދުވަސް

ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ހައްޔަރުކުރި ޗެނަލް ވަންގެ ނޫސްވެރިޔާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފަ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ...

25 Mar 2015 | 08:25

ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ހައްޔަރުކުރި ޗެނަލް ވަންގެ ނޫސްވެރިޔާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ފުލުހަކަށް ހަމަލާދިނުމުން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން ދިނީ ދިހަ ދުވަސް ކަމަށެވެ. އަދި ޕިކަޕް ޑްރައިވަރުގެ ބަންދަށް ކޯޓުން ދިނީ ހަތް ދުވަސް ކަމަށެވެ.

ފުލުހުން ބުނީ ޗެނަލް ވަންގެ ނޫސްވެރިޔާ މުހައްމަދު ނިޔާޒް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް