ކުނބުރުދުއަށް ދަތުރުގޮސް މޫދަށް އެރި އުޅުނު ކުޅުދުއްފުށީ ކުއްޖަކު ގެނބިގެން މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ހާދިސާ ހިނގީ މިއަދު 11:00 ހާއިރު ކަމަށެވެ. އަދި އެހަދިސާގައި ގެނބުނު ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދޭ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ހދ.ކުޅުދުއްފުށީ، ސަނދުބަރަކާގެ، ފުއާދު އަލީ، 14، އެވެ. ފުއާދަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ.
ކުނބުރުދުއަށް ފުއާދު ދަތުރު ދިޔައީ ފުއާދުގެ އާއިލާއާ އެކުގައެވެ. ކުނބުރުދުއަކީ ކުޅުދުއްފުށީ ކައިރީގައި އޮންނަ ފަޅު ރަށެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް