ނުވަ ދުވަސް ވީއިރުވެސް އައިޝަތު ހަނާން ނުފެނޭ

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ފިލައިގެން އުޅޭ އުމުރުން 16 އަހަރުގެ އާއިޝަތު ހަނާން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަނާން ހޯދު...

25 Mar 2015 | 07:47

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން އާއިލާއަށް ފިލައިގެން އުޅޭ އުމުރުން 16 އަހަރުގެ އާއިޝަތު ހަނާން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަނާން ހޯދުމުގެ މަސައްކަތް ފުލުހުން މިއަދުވެސް ކުރަމުން އަންނަ ކަމަށެވެ. ހަނާން ހޯދަން ފުލުހުން އިއުލާނުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ފުލުހުން ބުނީ މި މާރޗް މަހުގެ 17 ވަނަ ދުވަހުގެ ރޭ 20:00 ހާއިރު އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ، މާލެ، ދަފްތަރު ނަމްބަރު ދރ 2308، ޢާއިޝަތު ޙަނާން (16އ) ކަމަށެވެ.

ޢާއިޝަތު ޙަނާން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަމްބަރު 3331510 ނުވަތަ 9790163 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް