އިންސާނެއްގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ކުމުންދޫ ގޮނޑުދޮށުން ފެނިއްޖެ

ހދ ކުމުންދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ އަންވަރު ވިދާޅުވީ މިއަދު ހެނދުނު 10:00 ހާއިރު ރަށު ...

25 Mar 2015 | 07:35

ހދ ކުމުންދޫ ގޮނޑުދޮށުން އިންސާނެއްގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އަލީ އަންވަރު ވިދާޅުވީ މިއަދު ހެނދުނު 10:00 ހާއިރު ރަށު މީހަކު ކައުންސިލަށް ގުޅާފައި ރަށުގެ އުތުރު ފަރާތު ގޮނޑުދޮށުގައި އިންސާނެއްގެ ކަށިތައް ކަމަށް ބެލެވޭ ކަށިތަކެއް ހުރިކަން ރިޕޯޓް ކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެން ފުލުހުންނަށް ރިޕޯޓް ކުރުމުން މިހާރު އެ ސަރަހައްދުގައި ފުލުހުން އެބަ ހަރަކާތްތެރިވޭ، ވަރަށް ބޮޑަށް ބެލެވޭ އެއީ އިންސާނެއްގެ ކަށިތައް ކަމަށް" އަންވަރު ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ޓީމެއް އެރަށަށްގޮސް މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ އިންސާނެއްގެ ކަށިތަކެކޭ ބުނަން އަދި އަވަސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް