ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ދިރިއުޅުއްވާ ގޭގައި ހުންނަ ހޭޅި ސްޓޯރުގެ ބިއްލޫރިގަނޑެއް ރޭގެ ވަގުތެއްގައި ބަޔަކު ތަޅާލާފައިވާއިރު ހަމަލާތަކުގެ ސަބަބުން އެއްވެސް ޖެހިލުމެއް ނުވާކަމަށް ސީޕީ ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ސްޓެޓަސްއެއްގަ އެވެ. ސީޕީ ވިދާޅުވެފައިވަނީ އެއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި ގައުމުގައި އަމާންކަން ގާއިމް ކުރުމަށް ސާބިތުކަމާއެކު ދެމިހުންނާނެ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ރޭ 12:30 ހާއިރު ސީޕީ ދިރިއުޅުއްވާ ގެ، ގ.ހޭޅި ގައި ހުންނަ ހޭޅި ސްޓޯރުގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލާފައިވަނީ ސައިކަލެއްގައި ދިޔަ ބަޔަކު އެއްޗެއް އެއްޗެއް އެއްލައިގެން ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް