އިދިކޮޅު ސިޔާސީ ޕާޓީތަކުން "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން" މި ނަމުގައި ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާތަކާއި ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި ވާކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ފުލުހަކަށް ހަމަލާދިން މީހަކުވެސް ހިމެނޭ ކަމަށެވެ. އަދި ހަމަލަ އަމާޒުވި ފުލުސްމީހާ ބޯފަޅައިގެން ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ރޭގެ މުޒާހަރާގެ ތެރެއިން "ޗެނަލް ވަން" ގެ ނޫސްވެރިއެއް ކަމަށްވާ މުހަމަދު ނިޔާޒް ހިމެނެ އެވެ. ރޭ ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލާފައިވޭތޯ ސުވާލު ކުރުމުން އެ ސުވާލަށް ސީދާ ޖަވާބެއް ފުލުހުން ނުދެއްވަ އެވެ. އޮފިޝަލް ވިދާޅުވީ ރޭ ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކުވެސް އަދި ދޫކޮށްލާފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުން "ޗެނަލް ވަން"ގެ ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް