އިމްރާނާމެދު އަދާލަތުން ފިޔަވަޅު އެޅުމަކީ އެޕާޓީގެ މެމްބަރުންގެ މަސްއޫލިއްޔަތެއް: ޕީޕީއެމް

އެއްވެސް ސަރުއީ ހެއްކެއް ދެއްކުމެއްނެތި، އަދާލަތުޕާޓީގެ ނަން ކިލަނބުކުރުމަށް އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، އެބޭފުޅަކާމެދު ފިޔަވަޅު އެޅުއްވުމ...

24 Mar 2015 | 20:28

އެއްވެސް ސަރުއީ ހެއްކެއް ދެއްކުމެއްނެތި، އަދާލަތުޕާޓީގެ ނަން ކިލަނބުކުރުމަށް އެޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާއިރު، އެބޭފުޅަކާމެދު ފިޔަވަޅު އެޅުއްވުމަކީ އެޕާޓީގެ އިލްމުވެރިންނާއި އާންމު މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކޭކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިހެން ބުނެފައިވަނީ މިރޭ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޕީޕީއެމުން ބުނެފައިވަނީ ކީރިތި ރަސޫލާއަށް ފާޅުގައި ހަޖޫޖަހާ، އިސްލާމްދީނަށް ފުރައްސާރަކޮށް ތަގްރީރުތައް ކުރައްވާފައިވާ ބޭފުޅެއްގެ ހައްގުގައި އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން ނިކުންނެވުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިމްރާން ކުރައްވަމުންގެންދަވާ މަސައްކަތްތަކަކީ ހުދުމުތާރު ކަމާއެކު ޕާޓީގެ ހުރިހާބާރެއް އަމިއްލަ މުށުތެރެއަށް ލެއްވުމަށްފަހު ކުރައްވަމުން ގެންދަވާ މަސައްކަތކެއް ކަމަށް އަދާލަތުގެ އާންމު މެމްބަރުންނާއި އިލްމުވެރިން ހާމަކުރަމުނ އަންނަ ކަމަށެވެ.

އަދި ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން އެކިއެކި ފޯރަމްތަކުގައި އެކިއެކި ގޮތްގޮތަށް ތުހުމަތުތައް ކުރައްވާ ވާހަކަދައްކަވަމުންގެންދަވާއިރު ދީނާ ހިލާފަށް ނުވަތަ ގާނޫނާ ހިލާފަށް ސަރުކާރުން ކޮށްފައިވާ އެއްވެސް ކަމެއް ހާމަކޮށްދެވިފައި ނުވުމާއި އެފަދަ ނާތަހުޒީބު ސާބިތުނުހިފޭ ވާހަކަތައް ދެއްކުމީ ގައުމުގެ އާންމު އިޖްތިމާއީ މަސްލަހަތު ނަގާލައި، ސުލްހަމަސްލަހަތު ގެއްލުވާލަން ދައްކަވާ ޒާތީ ތައައްސުވުން ފުރިގެންވާ ވާހަކަތަކެއްކަމުގައި ޕީޕީއެމުން ދެކޭ ކަމަށްވެސް އެ ޕާޓީގެ ބަޔާނުގައި ވެ އެވެ.

"އަދާލަތު ޕާޓީއަކީ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ހިމާޔަތްކުރުމުގެ މަގްސަދުގައި ބަޔަކު ވަރަށް އިހްލާސްތެރިކަމާއެކު އުފައްދާފައިވާ ޕާޓީއެއް ނަމަވެސް، އެޕާޓީގެ ރައީސްގެ މަގާމުގައި އިމްރާން ހުންނަވައިގެން، އެޕާޓީ އުފެދިފައިވާ މަތިވެރި މަގްސަދާ ހިލާފަށް، އެޕާޓީގެ އާންމު މެމްބަރުންނާއި އިލްމުވެރިންގެ ބަހެއް ހޯދުމެއްނެތި، ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ހުދުމުހުތާރު ކަމާއެކު، ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިޕާޓީގެ ފަރާތުން ކުށްވެރިކުރަން" ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ޒިންމާދާރުކަންކުޑަ ގޮތެއްގައި ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އަމަލުތަކާއި ބަސްމަގު ހުރިއިރު، އެކަންކަމީ އަދާލަތުގެ މަގްސަދުތަކާއި އަސާސީ އުސޫލުތަކާ ހިލާފަށް ހިންގާ ކަންކަންކަމުގައިވާއިރު، ހައްގުބަސް ބުނުމަށް އެޕާޓީގެ އިލްމުވެރިންނަށާ އާންމު މެމްބަރުންނަށް ގޮވާޅާ ކަމަށެވެ. އ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް