މިއަދުގެ ވޯޓުގައި ޕީއެންސީގެ 11 މެންބަރުން ވޯޓުގައި ބައިވެރި ނުވީ ކަމަށް ދެކެވޭ ވާހަކަ ޕީޖީ ލީޑަރު ފަލާޙް ދޮގުކުރައްވައިފި

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ނެގި ވޯޓުގައި ޕީއެންސީގެ 11 މެންބަރުން ވޯޓުގައި ބައިވެރި ނުވިކަމަށް ދެކެވޭ ވާހަކަ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާޙް ދޮގުކުރައްވައިފިއެވެ. އެކަން ދޮގު ކު...

25 Feb 2025 | 11:45

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ނެގި ވޯޓުގައި ޕީއެންސީގެ 11 މެންބަރުން ވޯޓުގައި ބައިވެރި ނުވިކަމަށް ދެކެވޭ ވާހަކަ ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާޙް ދޮގުކުރައްވައިފިއެވެ.

އެކަން ދޮގު ކުރައްވައި ފަލާޙް ވިދާޅުވެފައިވަނީ އެ 11 މެންބަރުންގެ ތެރެއިން 09 މެންބަރަކު މިވަގުތު އުޅުއްވަނީ ޕާޓީގެ ދަތުރުފަތުރުފުޅުތަކުގައި ކަމަށެވެ. އަދި ދެ މެންބަރަކަށް ވޯޓުގައި ބައިވެރި ނުވެވުނީ ކަމުގައި ފަލާޙް ވިދާޅުވެފައިވެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ވޯޓުގައި ބައިވެރި ނުވެވުނު ދެ މެންބަރުންނަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤާއި ކެނދިކުޅު ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދެވެ. އެ ދެ މެންބަރުންނަށް ވޯޓުގައި ބައިވެރި ނުވެވުނީ ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގާ ވޯޓަށް އަހަން އުޅުނު ވަގުތު ޓެކްނިކަލް މައްސަލަ ދިމާވުމުން ބައެއް މެންބަރުން ތަޅުމުން ބޭރަށް ނިކުތް ވަގުތާ ދިމާވުމުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެންނަ ބިލު ބަލައިގަތުމަށް ޕީއެންސީން އޮތީ ވިޕްލައިން ވިޕެއް ނެރެފައެވެ.

ފަލާޙް އެ ހާމަކުރެއްވިގޮތުން ނަމަ މާލޭގައި ނެތް މެންބަރުންނަނީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސެއިން ހަމީދާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރާއި ފުވައްމުލައް ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އާއި ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްޣާދިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް