ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދު ކުރާ އިޞްލާޙު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފި

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދު ކުރުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފިއެވެ. އެ ބިލު ބަލައިގަތުމަށް ފާސްކުރީ މިއަދ...

25 Feb 2025 | 09:01

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދު ކުރުމަށް ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފިއެވެ.

އެ ބިލު ބަލައިގަތުމަށް ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ވޯޓުގަޑީގައި ނެގި ވޯޓުންނެވެ.

ވޯޓަށް އެހިއިރު 78 މެންބަރުން ހާޒިރުވެ ތިބި އިރު، ފެންނަކަމަށް 64 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. ފާސްވުމަށް ބޭނުންވާ ޢަދަދަކީ 39 ވޯޓެވެ.

ބަލައިގަންނަން ފާސްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވައިލެއްވީ އެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިއްޖެކަން އިޢުލާނުކުރައްވަމުންނެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު، މެންބަރުގެ އަމިއްލަ ހައިޞިއްޔަތުން ކޯޓުތަކުގެ ޤާނޫނަށް ހުށަހެޅި އެ އިޞްލާޙުގައި ހުށަހަޅާފައިވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދު ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް