ވަޒީރު އިޙުސާނުގެ އިތުބާރު މަޖިލީހުން ދަމަހައްޓައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ރައްޔިތުންގެ މަޖިލީހުން ދަމަހައްޓައިފިއެވެ. އެ އިތުބާރު އެ މަޖިލީހުން ދަމަހައްޓާފައިވަނީ ވަޒީރުގެ އިތުބާރު ނެތްކަމަށް، އިދި...

25 Feb 2025 | 08:51

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ރައްޔިތުންގެ މަޖިލީހުން ދަމަހައްޓައިފިއެވެ.

އެ އިތުބާރު އެ މަޖިލީހުން ދަމަހައްޓާފައިވަނީ ވަޒީރުގެ އިތުބާރު ނެތްކަމަށް، އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި  މައްސަލައަށް އަޢުލަބިއްޔަތުން ނޫނެކޭ ބުނެގެންނެވެ.

އެ މައްސަލައިގާ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން އެންގުމުން އިތުބާރު ނެތްކަމަށް ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް