ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގާ ވަޒީރު ޖަވާބުދާރީވުން މަޖިލީހުގެ ތަޅުމުގައި ކުރިއަށް އެބަ ދެއެވެ.
ހެނދުނު 09:00ގައި ފެށި ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ނަންބަރުގެ ގޮތުގައި އޮތީ ވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ. ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ވަގުތު ވަނީ އަރުވާފައެވެ.
ވަޒީރު ޖަވާބުދާރީވަމުންދަނިކޮށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލު އަޙްމަދު ނަސީމް ވަނީ ނިޒާމީ މައްސަލަތަކެއް ނަންގަވާފައެވެ. މަޖިލިސް ރައީސް، އަބްދުއްރަހީމް އަބްދުﷲ ދިޔައީ މެންބަރު މީކާޢީލު ނަންގަވަނީ ނިޒާމީ މައްސަލައެއްކަމަށް ބަލައިގަނެވެން ނެތްކަން އަންގަވަމުންނެވެ. އަދި ނިޒާމު ނަގައިލަން އިތުރު ފުރުޞަތު ނުދެއްވާނެކަމަށްވެސް ބުނަމުން ދިޔައެވެ. އެއަށްފަހު ނަސޭހަތް ދިނުމަށްފަހު މަޖިލިސް ރައީސް ވަނީ މީކާޢީލުގެ ނަން އިއްވާފައެވެ. އަދި މަޖިލީހުގެ ސެކިއުރިޓީގެ އެހީތެރިކަމާއެކު މީކާޢީލު ތަޅުމުން ބޭރުކޮށްފައިވެއެވެ.
އިދިކޮޅު، އެމްޑީޕީގެ 12 މެންބަރުންގެ ސޮއިކޮށް ވަޒީރު އިޙުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޕީއެންސީއަށް މެންބަރުން ވެއްދުމުގައި ޑީއެންއާރުގެ ޑާޓާ ބޭނުންކުރިކަމުގެ ތުހުމަތާއި ބެސްޓިނެޓަށް ދަޢުލަތުން 460 މިލިޔަން ރުފިޔާ ދައްކަން ޖެހުމުގެ މައްސަލަ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް