ރަމަޟާން މަހު ޢުމްރާވެރިން މެނިންޖައިޓިސް ވެކްސިން ފުރިހަމަ ކުރުމަށް ސައޫދީން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހު ޢުމްރާވުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ޢުމްރާވެރީން މެނިންޖައިޓިސް ވެކްސިން ފުރިހަމަ ކުރުމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ. އެ ވުޒާރާއި...

24 Feb 2025 | 22:53

ކުރިއަށް އޮތް ރަމަޟާން މަހު ޢުމްރާވުމަށް ސައޫދީ އަރަބިއްޔާއަށް ދަތުރުކުރާ ޢުމްރާވެރީން މެނިންޖައިޓިސް ވެކްސިން ފުރިހަމަ ކުރުމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން އިއްޔެ ބުނެފައިވަނީ އެ ވެކްސީންގެ ފުރިހަމަ ރައްކާތެރިކަން ލިބުމަށް ޢުމްރާގެ ދަތުރު ފެށުމުގެ 10 ދުވަސް ކުރިން އެ ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި މެނިންޖައިޓިސް ވެކްސިން ޖަހާފައިވާނަމަ ބޫސްޓަރ ޑޯޒް އެއް ޖެހުން މުހިންމު ނޫންކަމަށެވެ.

މެނިންޖައިޓަސް ބައްޔަކީ އެ ބައްޔެއްގައި ދިވެހި ފުޓުބޯޅަ ތަރި މުޙައްމަދު އާރިފް (ބަކާ) ނިމިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމަށްފަހު ދިވެހީންނާ އަލްވަދާޢު ކީ ބައްޔެވެ. ބަކާ ނިޔާވީ އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

މެނިންޖައިޓިސް ބައްޔަކީ ކޮބާ ؟

މެނިންޖައިޓިސް ބައްޔާއިބެހޭ މަޢުލޫމާތު، ޑރ. ޢަބްދުލް ޢަޒީޒު ޙަމީދުގެ ޞިއްޙަތު ބްލޮގްގެ މި ލިންކުން ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް