ކޯޓުތަކުގެ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިޞްލާޙަށް ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުން ތާޢީދު ކުރުމަށް އެ އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް މިރޭ އަންގައިފިއެވެ.
މިކަން އެންގެވީ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙެވެ. ބައެއް މެންބަރުން އެކަން ދުވަހަށް ކަށަވަރުކޮށްދީފައިވެއެވެ.
ފަލާޙު މެންބަރުންނަށް އަންގަވާފައިވަނީ ޕާޓީގެ ލީޑަޝިޕުން އެ ނިންމުން ނިންމާފައިވާކަމަށެވެ.
މިހާރު ހުށަހަޅާފައިވާ އެ އިޞްލާޙަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދު ކުރުމަށް ހުށަހަޅާފައިވާ އިޞްލާޙެކެވެ. އެ އިޞްލާޙަށް ތާޢީދު ނުކުރާކަން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މިއަދު ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް ލީޑަޝިޕުން އެކަން އެގޮތަށް ނިންމައި، ވަކި ގޮތަކަށް ވޯޓު ދިނުމަށް އެންގުމުން މެންބަރުންގެ އެ ޚިޔާލު ބަދަލުކުރުން އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް