މާލޭގެ ގޯޅިއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދެނީ

މާލޭގެ ގޯޅިއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ނީލޯފަރު މަގު ގޯޅިގަނޑެއްގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމަށް ފުލުހ...

25 Feb 2024 | 06:40

މާލޭގެ ގޯޅިއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކަށް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ނީލޯފަރު މަގު ގޯޅިގަނޑެއްގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވަނީ ފަތިހު 5:27ގައެވެ.

"އެމީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި އެއީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް