މޫލީ މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނު ފުރަތަމަ ޕްރީއޯޑަރ ކުރި 4 ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށް ޑެލިވެރީ ފަށައިފި

މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ހަތަރު ކަސްޓަމަރުންނަށް 23 ފެބްރުއަރީ 2023 ގައި ފޯނު ހަވާލުކޮށް ޕްރީއޯޑަރ ކުރި އެހެން ކަސްޓަމަރުންނަ...

25 Feb 2023 | 18:07

މޫލީ، އީކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ އެސް23 ފޯނުތައް ޕްރީއޯޑަރު ކުރި ފުރަތަމަ ހަތަރު ކަސްޓަމަރުންނަށް 23 ފެބްރުއަރީ 2023 ގައި ފޯނު ހަވާލުކޮށް ޕްރީއޯޑަރ ކުރި އެހެން ކަސްޓަމަރުންނަށް ފޯނު ހަވާލުކުރުމަށް ޑެލިވެރީ ފަށައިފިއެވެ.

މޫލީއިން ސެމްސަންގ ގެލެކްސީ އެސް23 ފޯނަށް ޕްރީ އޯޑަރު ހުޅުވާލީ 2 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 12:00 ގައެވެ.

އެސް23 ފޯނު ގަންނަން ޝައުގުވެރިވާ ކަސްޓަމަރުންނަށް އަދިވެސް ހާއްސް އޮފަރ ގެ ދަށުން ލިބޭ ފައިދާތަކާއެކު ބައްލަވައިގަނެވޭއެވެ. އެގޮތުން ސެމްސަންގ ގެލެކްސީ އެސް23 ބައްލަވައިގަންނަ ކަސްޓަމަރުންނަށް މި އޮފަރ ގެ ދަށުން ލިބޭ ފައިދާތަކަކީ:

  • ހިލޭ ގެލެކްސީ ބަޑްސް2 ޕްރޯ،
  • އުރީދޫ ކަސްޓަމަރުންނަށް 5 މަސް ދުވަހަށް 23 ޖީބީ،
  • ވަންޑްރައިވް 6 މަސް ދުވަހަށް 100 ޖީބީ،
  • ސްޕޮޓިފައިއަށް 3 މަސް ދުވަހުގެ ސަބްސްކްރިޕްޝަނެއް.

ސެމްސަންގް ގެލެކްސީ އެސް23 އަކީ ގެންގުޅެން ފަސޭހަވާނޭ ގޮތައް ޑިޒައިން ކުރެވިފައިވާ ޒަމާނީ ޓެކްނޮލޮޖީ ހިމަނާއިގެން އުފައްދާފައިވާ ސެމްސަންގްގެ އެންމެ ފަހުގެ ފޯނެވެ. މި ފޯނުގައި 6.1 އިންޗީގެ ޑައިނަމިކް އެމޮލެޑް ޑިސްޕްލޭ އާއެކު 120 ހާޓްޒް ރިފްރެޝް ރޭޓެ ހިމެނެއެވެ. ފޯނުގެ ކެމެރާއަށް ބަލާއިރު 12 މެގަޕިކްސެލްގެ ސެލްފީ ކެމެރާއަކާއި ޓްރިޕްލް ރިއާ ކެމެރާއެއް ހިމެނޭއިރު އޭގެ ތެރޭގައި 12 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް ކެމެރާ އާއި 50 މެގަޕިކްސެލް ވައިޑް ކެމެރާ އަދި 10 މެގަޕިކްސެލް ޓެލެފޮޓޯ ކެމެރާ ހިމެނެ އެވެ.

މޫލީ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ އެސް 23 އަށް އޯޑަރު ދިނުމަށް http://ore.do/s23ultra ޒިޔާރަތްކޮށްލައްވާށެވެ. މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް