ސިޔާސީ ކަންކަމުގައި ރުޅިވާންވާނީ ކައިރި ވެވޭވަރަށް، ކައިރިވާންވާނީ ދުރުވެވޭވަރަށް: ޤާސިމް އިބްރާހިމް

ސިޔާސީ ކަމެއްގައި ރުޅިވާންވާނީ އަލުން ރަށްޓެހިނުވެވޭ މިންވަރަކަށް ނޫން ކަމަށާއި އަދި އެކުވެރި ވާންވާނީވެސް ވަކިވާން ބޭނުންވާ ހިނދެއްގައި ދުރަސްވެސް ޖެހި ނުލެވޭ މިންވަރަކަށް ނޫންކަމުގައި ޖުމްހޫރީ ޕާޓީގ...

25 Feb 2023 | 17:58

ސިޔާސީ ކަމެއްގައި ރުޅިވާންވާނީ އަލުން ރަށްޓެހިނުވެވޭ މިންވަރަކަށް ނޫން ކަމަށާއި އަދި އެކުވެރި ވާންވާނީވެސް ވަކިވާން ބޭނުންވާ ހިނދެއްގައި ދުރަސްވެސް ޖެހި ނުލެވޭ މިންވަރަކަށް ނޫންކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ އެ ޕާޓީގެ ޤައުމީ ކޮންފަރެންސްގައި މިރޭގެ ހާއްސަ ޤަރާރު ހުށަހެޅުމުގެ ކުރިއަށް ކޮންފަރެންސްގެ މެންބަރުންނަށް ދެއްވި ހާއްސަ ނަސޭހަތުގެ ތެރޭގައެވެ.

އެ ގަރާރަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވަކިން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އެކުލަވަލާވާ ކޯލީޝަނަކުންކަން ނިންމުމަށް ޤައުމީ ކޮންފަރެންސަށް ހުށަހެޅި ޤަރާރެވެ.

ޤަރާރު ހުށަހެޅުމުގެ ކުރިއަސް އަދި ޤަރާރަށް ބަހުސް ފެށުމުގެ ކުރިން ޤާސިމް ވިދާޅުވީ ބަހުސް ކުރާއިރު އެއްވެސް ބޭފުޅަކު ޖަޒުބާތުގައި ނުޖެހުމަށާއި މީޑިއާއިން ލައިވްކުރާއިރު އެކަމަށްވެސް ރިއާޔަތްކޮށް އެއްވެސް ފަރާތެއް ކުށްވެރި ނުވާނެހެން ވާހަކަފުޅު ބެހެއްޓުމަށްވެސް އިލްތިމާސް ކުރާ ކަމަށެވެ.

އެ ޤަރާރު މިހާރު ހުށަހެޅި ޖޭޕީގެ ޤައުމީ ކޮންފަރެންސްގައި މިހާރު ކުރިއަށްދަނި އެ ޤަރާރަށް ބަހުސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް