އަދާލަތު ނެގުމަށްފަހު ދެން އެންމެ ރަނގަޅު ޕާޓީއަކީ އެމްޑީޕީ: އިމްރާން

އަދާލަތު ޕާޓީއަށްފަހު ދެން އެންމެ ރަނގަޅު ޕާޓީއަކީ އެމްޑީޕީ ކަމަށް އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީން "ހޭރިޔާ"ގެ ނ...

25 Feb 2023 | 17:27

އަދާލަތު ޕާޓީއަށްފަހު ދެން އެންމެ ރަނގަޅު ޕާޓީއަކީ އެމްޑީޕީ ކަމަށް އަދާލާތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ އަދާލަތު ޕާޓީން "ހޭރިޔާ"ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ފަރާތްތަކުން ކްރޮސް ރޯޑްސްގައި ޕާޓީގެ ސްޓްރެޓެޖިކް ޕްލޭނިންގެ ލަނޑުދަނޑިތައް ހާސިލްކުރުމާ ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ، ޕާޓީގެ އެއް ލީޑަޝިޕުން އަނެއް ލީޑަޝިޕަށް ބަދަލުވީއިރު، ޕާޓީގެ ސިޔާސަތާއި ގަބޫލުކުރާ ހަމަތައް ބަދަލުނުވެ އޮތް ހަމައެކަނި ސިޔާސީ ޕާޓީ އަކީ އަދާލަތު ޕާޓީ ކަމަށެވެ.

އަދި އަދާލަތު ނެގުމަށްފަހު ދެން އެންމެ ރަނގަޅު ޕާޓީއެއްގެ ގޮތުގައި އޮތީ ވެރިކަން ކުރާ އަދި އެ ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޑީޕީ ކަމަށެވެ.

މީގެ އިތުރުން އެއް ލީޑަރ ޝިޕުން އަނެއް ލީޑަރ ޝިޕަށް ބަދަލުވުމުން، ޕާޓީގެ ސިޔާސަތާއި އުސޫލަށް، ޕާޓީ ގަބޫލު ކުރާ ހަމައަށް ބަދަލުނުވެ މިދާ ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީ ކަމަށާއި ދެން އެންމެ ރަނގަޅަށް ވެސް އޮތީ އެމްޑީޕީ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް