ކޮންގްރެސްގައި ރެޖިސްޓްރީވި 91 ޕަސެންޓު މީހުން ވޯޓުލި: ޖޭޕީ

މިހާރު ކުރިޔަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ރެޖިސްޓްރީ ކުރި91 ޕަސެންޓު މީހުން ވޯޓުލީ ކަމަށް އެ ޕާޓިން ބުނެފި އެވެ. ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އިން 9:30 ހަވީރު 4:15 އަށެވެ. ...

25 Feb 2023 | 15:51

މިހާރު ކުރިޔަށްދާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ރެޖިސްޓްރީ ކުރި91 ޕަސެންޓު މީހުން ވޯޓުލީ ކަމަށް އެ ޕާޓިން ބުނެފި އެވެ.

ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އިން 9:30 ހަވީރު 4:15 އަށެވެ. މިހާރ ކުރިޔަށް ދަނީ ވޯޓު ގުނުމުގެ ކަންކަމެވެ.

ވޯޓްގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ޖޭޕީގެ އިންތިހާބީ ކޮމިޓީގެ ރައީސް އަލީ ހުސައިން ވިދާޅުވީ، ވޯޓް ލުމާއި ގުނުމުގެ ކަންކަން ކުރިޔަށްދަނީ ވަރަށް އިންސާފުވެރިކަމާއި އެކު، ހުރިހާ މެމްބަރުންގެ ބައިވެރިވުމާއިއެކުގައިކަަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ވޯޓް ގުުނުމަށް އެކަށީގެންވާ ވަގުތެއް ނަގާނެކަަމަށާއި، ބެލެވޭ ގޮތުގައި އެންމެ މަދުވެގެންވެސް ހަތަރު ގަޑިއިރުވެސް މިކަމަށް ނަގާފާނެކަމަށެވެ. އޭނާ ވިދާޅުވީ 25 މަގާމަކަށް 64 ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށެވެ.

އަލީ ހުސައިން ވިދާޅުވީ، ވޯޓާއި ބެހޭ އިދާރީ ހުރިހާ ކަމެއްވެސް ކުރިޔަށްގެންދާނީ އިންތިހާބާއި އެއްވެސް ގުޅުމެއް ނެތް މީހުންކަމަށެވެ. އެގޮތުން އެއްވެސް ކެނޑިޓޭޓަކަށް ކެމްޕޭންކުރުމުގައި ބައިވެރިވެފައިވާ ފަރާތެއްވެސް ވޯޓު ގުުނުމުގައި ހަރަކާތްތެރި ނުވާނެކަމަށެެވެ.

ވޯޓުލާ ނިމި، ވޯޓް ގުނުމުގެ ކަންކަން ކުރިޔަށްދާއިރު، މިއީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސްގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން ހޮވުމަށް ކުރިޔަށްގެންދާ އިންތިހާބެވެ.

ޖޭޕީން ބުނީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރީ 741 މެމްބަރުން ކަމަށެވެ. ވޯޓު ލާފައިވަނީ 680 މެމްބަރުން ކަމަށާއި އެއީ ރެޖިސްޓްރީ ކުރި91 ޕަސެންޓު މެމްބަރުން ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް